ނަސްރުގެ ދުވަހުގެ ޝަރަފުގެ އައްޑަނަ މައުމޫނަށް އަރުވައިފި
ނަސްރުގެ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމަށް ޚާއްސަ ޝަރަފުގެ އައްޑަނައެއް އަރުއްވއިފި އެވެ. މި ޝަރަފުގެ އައްޑަނަ މައުމޫނާ ހަވާލުކުރެއްވީ، ސޯޝަލް ސެންޓަރުގައި އޮތް ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް އޮފީހުން ބުނީ، ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫނަށް ނޮވެމްބަރު 3 ގެ ޝަރަފުގެ ޚާއްސަ އައްޑަނައެއް އެރުވުމަށް ރައީސް މުއިއްޒު ނިންމެވީ، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ…







