ކޯޓް ތަކުގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަސްކުރަން ޓާސްކް ފޯހެއް
އެކި ސަބަބުތަކާ ހުރެ ކޯޓްތަކުގައި އަހަރަކަށްވުރެ ގިނަ ދުވަސްވީ މައްސަލަތައް ބަލަން ޓާސްކް ފޯހެއް އެކުލަވާލަން ނިންމާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވިދާޅުވެއްޖެއެވެ. "ގަޟާއީ އަހަރު 2026" އިފްތިތާހް ކުރުމަށް ރޭ ސީއެޗްއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިހާރު އެންމެ އިސްކަމެއްދީގެން ކުރަން ބޭނުންވާ އެއް ކަމަކީ އެ މައްސަލަތައް ވީހާވެސް އަވަހަށް ނިންމައި އިންސާފް ގާއިމްކުރުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، 13000 އަށްވުރެ ގިނަ މައްސަލަ މިދިޔަ…









