އަލިފާނުގެ ހާދިސާއާ ގުޅިގެން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި
.ހައުސް ޕްލާޒާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ. އެންޑީއެމްއޭއިން ބުނީ، އަލިފާނުގެ ހާދިސާގެ ސަބަބުން ، ދެ ގެއެއްގެ މައި ފެންހޮޅިއަށް ލިބުނު ގެއްލުމާއި ގުޅިގެން އެކަން މަރާމާތުކުރެވެންދެން 2 ގެއަކުން 55 ފަރާތަކަށް(20 ބިދޭސީން ހިމެނޭހެން) ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދެވިފައިވާ ކަމަށެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މ. ހައުސް ޕްލާޒާ އަލިފާނުގެ ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 06:35 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން…