ޔުމްނުގެ ބޭސްފަރުވާއަށް އާންމުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފި
ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓި އަނިޔާވި ހައްވާ ޔުމްނު ރަޝީދުގެ އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިއުމަށް އެހީވުމަށް ބޭއްވި ޓިކްޓޮކް ލައިވްއެއްގައި ދޮޅުގަޑިއިރުގެ ތެރޭގައި 735,367.16 ރުފިޔާ ހޯދައިދީފިއެވެ. މި ފަންޑްރައިޒިންގ ހަރަކާތް ކުރިއަށް ގެންދިޔައީ ޓިކްޓޮކް ލައިވްގައި ޝެހެނާޒް މޫސާގެ އިސްނެގުމާއެކު އެވެ. ޔުމްނުގެ ފަރުވާއަށް ހިނގާނެ ހަރަދުތައް ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން އިއްޔެ ބުނެ، އެންސްޕާ މެދުވެރިކޮށް 385,500 ރުފިޔާ ހަމަޖައްސައިދިނެވެ. ނަމަވެސް އެ ފައިސާއިން ޔުމްނުގެ ފަރުވާގެ ކަންކަން…









