ސިފައިންގެ އަހަރީ ދުވަހުގެ ރަސްމިއްޔާތު ބާއްވައިފި
ދިވެހި ސިފައިންގެ 132 ވަނަ އަހަރީ ދުވަހުގެ ހާއްސަ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ. ދުވަހުގެ ހަރަކާތްތައް ފެށީ މިއަދު ހެނދުނު 6:00 ގައި ކަޅުތުއްކަލާކޮށީގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތަކުންނެވެ. ދިދަ ނަންގަވައިދެއްވީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އެވެ. މި ރަސްމިއްޔާތުގައި ވަނީ ސިފައިންގެ 132 ވަނަ އަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރު ކަމުގައިވާ "ގައުމުގެ މިނިވަންކަން – ސިފައިންގެ ސާބިތުކަން" މި ޝިއާރު ހާމަކޮށްފަ އެވެ. އަދި ދިވެހި ސިފައިން އަހަރަކު…