އުތީމަށް ގައުމިއްޔަތުގެ ޝަރަފު އަރުވައިފި
ގައުމިއްޔަތަށް ޚިދުމަތްކުރުމުގެ ޚާއްސަ ޝަރަފު، ހއ. އުތީމުގެ ރައްޔިތުންނަށް އަރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފި އެވެ. އެ ޝަރަފު އެ ރަށު ރައްޔިތުންނަށް އެރުވީ މިއަދު ފާހަގަކުރަމުން އަންނަ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ. އެ ޖަލްސާ އޮތީ އުތީމުގަ އެވެ. ގައުމިއްޔަތަށް ޚިދުމަތްކުރުމުގެ ޚާއްސަ ޝަރަފު އުތީމުގެ ރައްޔިތުންނަށް އެރުނީ އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި، އެ ރަށު ރައްޔިތުން އަދާކުރަމުން އަންނަ ދައުރާއި، އެކަމަށް ދިން އަހައްމިއްޔަތުކަން ފާހަގަކުރުމުގެ ގޮތުންނާއި،…









