ކާރެއް ސޯލާ ޕެނަލްތަކުގައި ޖެހި، ގެއްލުންވެއްޖެ
ބްރިޖް ހައިވޭގައި ހަދާފައި ހުރި ސޯލާ ޕެންތަކުގެ ސްޓޭންޑުތަކުގެ ތެރެއަށް ކާރެއް މުޑި އަރާ ބޮޑު އެކްސިޑެންޓެއް ހިނގައިިފިއެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ، ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް، ސޯލާ ޕެނަލްތައް ހަރުކޮށްފައިހުރި ދަގަނޑުތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު މިއަދު 12:31 ހާއިރު ލިބިފައިވާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވި ނަމަވެސް ކާރާއި ސޯލާ ޕެނަލްތަކަށް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓުގެ ވީޑިއޯތައް މިހާރު ސޯޝަލް…