އައިޖީއެމްއެޗްގެ 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގް ހުޅުވައިފި
އައިޖީއެމްއެޗްގައި ގާއިމުކޮށްފައިވާ މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގް މިއަދު ހުޅުވައިފި އެވެ. މި ތަން މިއަދު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ހަތްދިހަ ފަސް އެނދުގެ މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގްގައި ޖެނެރަލް ސާޖަރީތަކާއި، ނިއުރޯ ސާޖަރީތަކާއި، ޕްލާސްޓިކް ސާޖަރީތަކާއި، އޯތޯ ސާޖަރީތަކާއި، ޔޫރޮލޮޖީގެ ސާޖަރީތައް ކުރާ ބަލި މީހުން އެޑްމިޓްކުރާނެ އެވެ. މި ވިންގާ އެކު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އެނދުގެ ޖުމުލަ އަދަދު 510 އަކަށް ވަނީ އިތުރުކުރެވިފަ އެވެ. މާލޭ ސިޓީ…









