ވަކި އުމުރަކުން ފެށިގެން ދުންފަތް މަނާކުރުމާމެދު ކެބިނެޓްގައި މިއަދު މަޝްވަރާކުރަނީ
ވަކި އުމުރަކަށްވުރެ ހަގު މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމާމެދު ގޮތެއް ނިންމުމަށް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވާނެކަން ރަައީސް ހާމަކުރައްވަައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސޯޝަލް މީޑިޔާ އެކައުންޓުތައް މެދުވެރިކުރައްވައި ރައީސް ޝާއިއުކުރެއްވި ވީޑިޔޯ މެސެޖެއްގައި ވިދާޅުވީ މޯލްޑިވްސް ހެލްތް ސްޓެޓިސްޓިކްސް ސާވޭ 2022 އިން ދައްކާ ގޮތުގައި ދިވެހިންގެ މެދުގައި ގަައިންގައަށް ނާރާ ބަލިތައް ފެތުރުމަށާއި ނުކުޅެދުންތެރިކަމަށް ހުށަަހެޅުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަަށެވެ. އޭގެ އިތުރަށް ރާއްޖޭގައި މީހުން މަރުވާ…









