ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބް އަވަހާރަވެއްޖެ
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބް ހަސަން ޒަކަރިއްޔާ އަވަހާރަވެއްޖެ އެވެ. އެނގިފައިވާ ގޮތުން ޝުއައިބު އަވަހާރަވީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ. އުމުރުން 55 އަހަރުގައި ޝުއައިބު އަވާހަރަވީ މިއަދުގެ ވަގުތެއްގަ އެވެ. އޭނާގެ ކަށު ނަމާދު އޮންނާނީ މިރޭ 11 ޖަހާއިރު އާ ސަހަރާގަ އެވެ. ހައި ކޯޓުގައި 11 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ ޝުއައިބު ރިޓަޔާ ކުރެއްވީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.…









