ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކުށްކުރާ ކުޑަކުދިންނަށް ދެނީ ފަރުވާ، އަދަބެއް ނޫން: ޝަމީމް
ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުށްކުރާ ކުޑަކުދިންނަށް ދެނީ ފަރުވާ ކަމަށާއި އަދަބު ނޫން ކަމުގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ. އއ. ރަސްދޫގައި ކުޑަކުއްޖަކަށް ގަނާ ކުރި ދެ ކުޑަކުދިންނަށް އަދަބު ދިނުމަށް ގިނަބަޔަކު ގޮވާލަމުން ދަނިކޮށް ބްލޮގްގައި ޝާއިއުކުރެއްވި ލިޔުމެއްގައި ޝަމީމް ވިދާޅުވެފައިވަނީ، އެންމެންވެސް ކުޑައިރު ކުށްކުރެވިފައި ހުންނާނެ ކަމަށާއި، އެހުރިހާ ކުަށަކަށް އަދަބުދީ، ޖަލަށްލީ ހެދި ނަމަ، މިއަދު މިވާހަކަ ދައްކާނެ ބަޔަކު މުޖްތަމައުގައި ނުތިބޭނެ ކަމުގައެވެ. ޝަމީމްގެ ފޭސްބުކްގައި…