މެމްބަރުކަމުގެ މުސާރަ އުނިކޮށްދޭން ނަޝީދު އެދިވަޑައިގެންފި
ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ވީތީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މުސާރަ އުނިކޮށްދެއްވުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެދިވަޑައިގެންފިއެވެ. ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ގުޅޭ ކަންކަން ކުރެއްވުމުގައި ވަރަށް ގިނަ ވަގުތު ނަގާ ކަމަށެވެ. އަދި އެ މަގާމާ ރަސްމީކޮށް ހަވާލުވުމުގެ ގޮތުން ގިނަ ކަންކަން ހަމަޖައްސަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. ސީވީއެފް ސެކްރެޓޭރިއޭޓާ ބެހޭ ގަރާރު…