މުއާޒުގެ ބަންދަށް އިތުރު 10 ދުވަސް
ރާއްޖެއަށް ވަގަށް އެތެރެކުރުމުން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓު ގެއްލުނު މައްސަލައިގައި ހައްޔަރުކުރި މުޢާޒު ޢަލީގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި އެވެ. މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި މުއާޒާއެކު އިތުރު ތިން މީހަކު ހައްޔަރުކުރީ މިދިޔަ ހަފްތާގަ އެވެ. މި މައްސަލައިގައި ދެން ހައްޔަރުކުރީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމުގައިވާ ލޮޓަސްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި…









