އިންތިހާބުގެ ނަތީޖާ ބަލައިގަންނަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންތައްތައް ރަނގަޅުކުރާނަން: ރައީސް
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ނަތީޖާ ބަލައިގަންނަނީ ފުރިހަމަ އިޙްތިރާމާ ޤަބޫލުކުރުމާ އެކު ކަމަށެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންތައްތައް، ﷲ ގެ ވާގިފުޅާ އެކު ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި…









