ޖަލުތަކުން ގުޅާ ނަމަ ރިޕޯޓް ކުރެވޭނެ ގޮތް ހަދައިފި
ޖަލުތަކުގައި ތިބޭ ޤައިދީން ގުޅާ ކަމަށް ޝައްކު ކުރެވޭ ނަމަ އެކަން ރިޕޯޓުކުރުމަށް ކަރެކްޝަނަލް ސާވިސް އިން ޕޯޓަލްއެއް ގާއިމްކޮށްފި އެވެ. ކަރެކްޝަންސް އިން ބުނީ ޖަލުތަކުގައި ތިބޭ މީހުން އާންމުންނަށް ފޯނު ކޯލު ކުރަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކަރެކްޝަނަށް ރިޕޯޓުކުރުމުގެ ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށެވެ. އެ ނިޒާމުގެ ތެރެއިން ރިޕޯޓުކުރެވޭ މައްސަލަތައް ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވާ އަދި އަޅަން ޖެހޭ…









