މިންގަނޑަށް ނުފެތޭ ކާތަކެތި ވިއްކާ މީހަކު އަތުލައިގެންފި
އާންމު މިންގަނޑުތަކަށް ނުފެތޭ އަދި ގަވާއިދާ ހިލާފަށް މާލޭގައި ކާތަކެތި ތައްޔާރުކޮށް ވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ އިތުރު ބިދޭސީއަކު އަތުލައިގެންފި އެވެ. އިމިގްރޭޝަނުން މިއަދު އެ މީހާ އަތުލައިގަތީ އެ އިދާރާ އަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ރޭ ޓާސްކުފޯހުން މާލޭގެ ހެންވޭރުގައި ހުންނަ ގެއެއް ބަލައި ފާސްކޮށް ކަމަށެވެ. އިމިގްރޭޝަނުން ބުނީ، އެތަނުން އާއްމުކޮށް ފިހާރަތަކުން ލިބެން ހުންނަ ގިނަ ބާވަތްތަކުގެ ކާބޯތަކެތި ފެނިފައިވާ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އެ މަސައްކަތް ކުރަމުން…









