އެޑިޔުކޭޝަން އާއި ވެލްނަސް އެކްސްޕޯ ފަށައިފި
މަތީތަޢުލީމާއި ތަމްރީނު އަދި ވެލްނަސްދާއިރާގެ 200 އަށްވުރެ ގިނަ ފުރުސަތާއެކު މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ވެލްނަސް އެކްސްޕޯ ފަށައިފިއެވެ. މި އެކްސްޕޯ ހުޅުވައި ދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދުއެވެ. މިއެކްސްޕޯގައި މަތީތަޢުލީމު ފޯރުކޮށްދޭ ރާއްޖޭގެ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ އޮސްޓްރޭލިއާ، ޔޫކޭ، މެލޭޝިއާ، ސްރީލަންކާ، އިންޑިއާ އަދި ފިލިޕިންސްގެ ފާހަގަކޮށްލެވޭ ޔުނިވަރސިޓީތަކާއި މަތީތަޢުލީމު ފޯރުކޮށްދޭ ބައެއް ފަރާތްތަކުން ބައިވެރިވެއެވެ. މިމަހުގެ 15ވަނަ…









