މަޖިލިސް އިންތިޚާބު: ރީ ރަޖިސްޓްރީވުމަށް ދީފައިވަނީ 7 ދުވަހުގެ މުއްދަތެއް
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން 7 ދުވަހުގެ މުއްދަތަށް ހުޅުވާލައިފިއެވެ. ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ފުރުސަތު ހުޅުވާލާފައިވަނީ ފެބުރުއަރީ 1 އިން ފެށިގެން 7 ވަނަ ދުވަހުގެހަވީރު 04:00 ގެ ނިޔަލަށެވެ. މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ގައި ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން…