ދެމައިން ނިޔާވި ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް އަންގައިފި
ގއ. ވިލިނގިލީގައި އަންހެނަކު، އޭނާ ވިހެއި ދަރިފުޅާއެކު ނިޔާވި މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު، ޢަލީ އިޙްސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ވަޒީރު އިޙްސާން ވިދާޅުވީ، ގއ. ވިލިނގިލީގައި އިއްޔެގެ ވަގުތެއްގައި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ ނިޔާވެފައިވާ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާއީ ތަޙުޤީޤެއް ހިންގައި، އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއްހޯދާ ޤާނޫނީ ފިޔަވަޅު…