މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް ރިޒާ
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރުގެ މަގާމަށް މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮވެގެން ފެށި ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޖޭއެސްސީއަށް ރިޒާ އައްޔަން ކުރަން ފާސްކުރީ 83 މެންބަރުންގެ ވޯޓުންނެވެ. ރިޒާގެ ނަން ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.…









