ބޭރުގެ އިންވެސްޓަރުންނަށް ފަހި ފުރުޞަތުތަކެއް ހުޅުވައިދޭ އިންވެސްޓަރ ވިސާއެއް ތައާރަފް ކުރަނީ
ރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުކޮށް، ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށްޓަކައި "އިންވެސްޓަރ ވިސާ" ގެ ނަމުގައި އައު ވިސާއެއް ތަޢާރަފުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ވިޝަންއެއްކަމަށް ޢިޤްތިޞާދާ ތަރައްޤީއާއި ވިޔަފާރިޔާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސައީދު ވިދާޅުވީ 2015 ވަނަ އަހަރު ތަޢާރަފުކުރެވުނު ކޯޕަރޭޓް ރެސިޑެންސް ވިސާއަށް 2020 ވަނަ އަހަރު ބަދަލުތަކެއް ގެނެވުނު ނަމަވެސް، އެ ވިސާގެ ބަދަލުގައި މިހާރު ގެންނަން މި އުޅެނީ އިންވެސްޓަރުންނަށް…