ސައުދީން ހައްޖާޖީންނަށް ދޭ މެހެމާންދާރީއަށް ރައީސްގެ ހާއްސަ ޝުކުރު
ހައްޖާޖީންނަށާއި އުމްރާގެ އަޅުކަމަށް ޒިޔާރަތްކުރާ މީހުންނަށް، އަދި ދެ ހަރަމްފުޅު ގަސްދުކޮށްގެން ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށްވެސް، ދޭ ހާއްސަ މެހެމާންދާރީއާއި ހިދުމަތްތަކަށް އަދި ފަހިކޮށްދެއްވާ ފަސޭހަތަކަށްޓަކައި، ސައުދީގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ހަރަމްފުޅުގެ ޚާދިމް ސަލްމާން ބިން އަބްދުލް އަޒީޒަށާއި، ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށާއި، އެ ގައުމުގެ ސަރުކާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ޝުކުރެއް އަދާކުރައްވައިފިއެވެ. ރައީސްގެ ރަސްމީ އެކްސް އެކައުންޓުން، އަރަބި ބަހުން މިރޭ ކުރެއްވި ޕޯސްޓެއްގައި،…









