އިންތިޚާބު ރޯދަ މަހު ނުބޭއްވޭގޮތް ހަދައިފި
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރަން، ރޯދަމަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ތަސްދީގު ނުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވާލުމުން ދެ ވަނަ ފަހަރަށް އެ ބިލް މިއަދު ފާސްކޮށްފި އެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހުގެ 17 ގައި މަޖިލިސް އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުން ބޭނުންވީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވާށެވެ.…