އޮކްސްފޯޑުން ޕީއެޗްޑީ ހާސިލުކުރި ފުރަތަމަ ދިވެއްސަކަށް ވަކީލު ޝައްފާން
ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީއެއް ކަމަށްވާ އޮކްސްފޯޑުން, ޕީއެޗްޑީ ހާސިލު ކުރެއްވި ފުރަތަމަ ދިވެއްސެއްގެ ޝަރަފް ޒުވާން ގާނޫނީ ވަކީލު, އަޙްމަދު ޝައްފާން މުޙައްމަދު ހޯއްދަވައިފިއެވެ. ރާއްޖޭގައި މިހާރު ވެސް ގާނޫނީ ދާއިރާއިން މަސައްކަތް ކުރައްވާ ޝައްފާން, އޮކްސްފޯޑުން ޕީއެޗްޑީ ހާސިލް ކުރައްވައި, ގްރެޖުއޭޓްވީ މިއަދުއެވެ. ޝައްފާން ޕީއެޗްޑީ ތީސީސް ނިންމެވީ އުމުރުން 29 އަހަރުގައެވެ. އޭނާ މިއަދު ގްރެޖުއޭޓްވިއިރު އުމުރަކީ 30 އަހަރެވެ. އެކަމާ ގުޅިގެން ވަކީލު ޝައްފާން ފޭސްބުކްގައި މިމަހުގެ 19 ވަނަ…









