ފުލުހުންގެ ވެރިންނަށް ކުޑަކުދިންގެ މައްސަލަތަކާ ގުޅޭ ވޯކްޝޮޕެއް
ދިވެހި ފުލުހުންގެ ހިދުމަތުގެ ރީޖަން ކޮމާންޑަރުންނާއި އަތޮޅު ކޮމާންޑަރުންނަށް ހާއްސަކޮށްގެން "ޗައިލްޑް ސޭފްގާޑިން އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވޯކްޝޮޕް" ފަށައިފި އެވެ. އާދަމް ހަލީމް އިންވެސްޓިގޭޝަން ބިލްޑިންގައި މިއަދު ފެށި މި ވޯކްޝޮޕަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމާއި އިޖުރާއަތްތައް އޮންނަ ގޮތާއި ކުޑަކުދިންނަށް ކުރާ އަނިޔާ އަދި ކުށްކުރާ…









