ސިއްހީ ހިދުމަތްދޭ ތަންތަނުގައި އެންމެ ކޮލިޓީ މެޝިނަރީ ބަހައްޓަނީ
ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި އެންމެ ފެންވަރު ރަނގަޅު ވަސީލަތްތައް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު އަނގޮޅިތީމު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓުގެ ތެރެއިން ސިއްހީ ދާއިރާ ރަނގަޅު ކުރަން ވަރަށް އިސްކަމެއް ދެއްވާ ކަމަށާއި ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހުންނަ ވަސީލަތްތައް ނުހުއްޓި ހިންގޭނެ ގޮތްތައް އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް…









