ބްރޯޑްކޮމަށް ނުޒުހާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރުކަމަށް ރާއްޖެ ޓީވީގެ ކުރީގެ ޕްރެޒެންޓަރު އައިމިނަތު ނުޒުހާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ބްރޯޑްކޮމްގެ މެންބަރު ކަމުގެ މަގާމު ހުސްވެފައި ވަނީ މިދިޔަ އަހަރު ޖެނުއަރީ މަހު 8 ގައި އެ ކޮމިޝަންގެ މެންބަރު އަހުމަދު ގައިސް އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލިހަށް ފޮނުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭގެތެރެއިން ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ތިން…









