އެސްޓީއޯގެ ހިއްސާއަކަށް 85ރ. ބަހަން ފާސްކޮށްފި
އެސްޓީއޯގެ ހިއްސާއަކަށް 85ރ. ބަހަން ފާސްކޮށްފި އެވެ. އެގޮތަށް ފާސްކުރީ ރޭ ޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސްގައި ބޭއްވި އަހަރީ އާންމު ޖަލްސާގަ އެވެ. އެ ޖަލްސާގައި އެސްޓީއޯގެ ކުންފުނީގެ ހިއްސާދާރުންނާއި، ހިއްސާދާރުންގެ ޕްރޮކްސީން ބައިވެރިވެފައިވެ އެވެ. އެގޮތުން ޖަލްސާގައި ޖުމްލަ 263 ހިއްސާދާރުން ބައިވެރިވިއެވެ. އެއީ، ހާޒިރުވެގެން ބައިވެރިވި 176 ހިއްސާދާރުންނާއި ޕްރޮކްސީކޮށް ބައިވެރިވި 87 ހިއްސާދާރުންނެވެ. އަހަރީ ޖަލްސާގައި ކުންފުންޏަ މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 85ރ. ބަހަން ފާސްކުރީ ޖަލްސާގައި ބައިވެރިވި…









