ސަރުކާރުތަކުން މަޑަވެއްޔަށް ވަނީ އިހުމާލުވެފައި، ރައްޔިތުން ބިކަ ހާލުގައި އުޅޭތާ 30ހަކަށް އަހަރު ވެއްޖެ: މެމްބަރު ޝަމީޒު
ގދ. މަޑަވެލީ ރައްޔިތުން ބިކަ ހާލުގައި އުޅޭތާ 30 ހަކަށް އަހަރު ވެއްޖެކަމަށާއި ވޭތުވެދިޔަ ސަރުކާރުތަކުން އެރަށު ރައްޔިތުންނަށް އިހުމާލު ވެފައިވާ ކަމަށް މަޑަވެލީ ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒު ވިދާޅުވެއްޖެ އެވެ. މަޖިލީހުގައި ކުރިއަށްދާ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ޝަމީޒު ވިދާޅުވީ 3،000 މީހުންގެ އާބާދީ އޮންނަ މަޑަވެލީގައި އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ބިމުގެ ދަތިކަން ކަމަށާއި އެއީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އެހެންކަމުން ބަޖެޓުގެ ތެރެއިން މަޑަވެއްޔަށް ދިމާވެފައިވާ ޖާގައިގެ…









