އީސީއަށް 350 ވަގުތީ މުވައްޒަފަކު ނަގަނީ، އިންޓަވިއު މިއަދާއި މާދަމާ
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޓާސްކްފޯސް ޓީމުގައި މަސައްކަތްކުރާނެ ފަރާތްތަކަށް ޚާއްސަކޮށްގެން ޖޮބް-ފެއަރއެއް ފަށައިފި އެވެ. ވޯކް-އިން-އިންޓަރވިއުތަކެއް ގޮތަށް ބާއްވާ މި ޖޮބް-ފެއަރ ކުރިއަށްދާނީ މިއަދާއި މާދަމާ ދަރުބާރުގޭގަ އެވެ. ވަގުތުން އިންޓަވިއުކުރުން ކުރިއަށްދާނީ ދަރުބާރުގޭގައި ހެނދުނު 10 އަކުން ރޭގަނޑު ދިހަޔަކަށެވެ. އިންޓަވިއުއައް ދާއިރު އައިޑީ ކާޑު އާއި ތައުލީމާއި ތަޖުރިބާގެ ލިޔުންތައް ގެންނަން އީސީން ވަނީ އެދިފަ އެވެ. އީސިން ހުޅުވާލާފައިވާ މަގާމުތަކުގެ ތެރޭގައި ގައުމީ ކޮމްޕްލެއިންސް ބިއުރޯގެ މެމްބަރުކަމާއި، އެސިސްޓެންޓް މެނޭޖަރުކަމާއި، ސީނިއާ…