ކޮވިޑު ލޯނު ނަގައިގެން އެރި އިންޓްރެސްޓް މާފުކުރަން ނިންމައިފި
ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވި ދަތިތަކަށް ހައްލު ހޯދައިދިނުމަށާއި ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ހަރަދު ހަމަޖެއްސުމަށް އެސްއެމްއީ ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަދި ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ދޫކުރި ލޯނުގެ އިންޓްރެސްޓް މާފުކުރަން ސަރުކާރުން ނިންމައިފިއެވެ. އެކަން އިއުލާން ކުރައްވައި ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ގިނަ ބަޔަކު އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ނަގާފައިވާ ކަމަށެވެ. އެ ލޯނުގެ އިންޓްރެސްޓް…