ހިތަދޫގައި މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
އައްޑޫ ސިޓީ ހިތަދޫގައި މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ. ފުލުހުން ބުނީ މިދިޔަ އާންގާރަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އައްޑޫ ސިޓީ ހިތަދޫ މައިލޯ ދަނޑު ސަރަޙައްދުން ޖޯއްޔެއްގައި މީހަކު ބަނދެ އަނިޔާކުރި މައްސަލައެއް ބަލަމުންދާކަމަށެވެ. މި މައްސަލައިގައި އަނިޔާކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށާއި، އޭނާގެ ބޮލުން ބައެއް ބާލާ، އަނިޔާކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެ މައްސަލާގައި…