ޕްރައިމަރީ ކާމިޔާބުކުރި ހުރިހާ ކެނޑިޑޭޓުން އެކީގައި މަސައްކަތް ކުރުން މުހިންމު: ރައީސް ސޯލިހު
މަޖިލިސް އިންތިޙާބު އެމް.ޑީ.ޕީން ކާމިޔާބު ކުރުމަށް ޕްރައިމަރީގައި ވާދަކުރެެއްވި ހުރިހާ ބޭފުޅުން އެކީގައި މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. މި އަހަރުގެ މަޖިލިސް އިންތިޙާބުގައި ގެ ފަރާތުން ވާދަ ކުރައްވާނެ ފަރާތްތައް ކަނޑައެޅުމަށް މިއަދު ބޭއްވި އެޕާޓީގެ ޕްރައިމަރީން ދާއިރާތައް ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް ރައީސް ސޯލިހު މަރުހަބާ ދަންނަވައި ވިދާޅުވީ މިއަދު ޕްރައިމަރީ އޮމާންކޮށް ރާވައި ކުރިއަށް ގެންދިޔުމުގައި…