ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެމަފިރިއަކު ފިހިއްޖެ
އއ. ރަސްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެމފިރިއަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ޒަޚަމްވެފައިވަނީ އުމުރުން 31 އަހަރުގެ ދެ މީހަކަށެވެ. މި ދެމަފިރިންނަށް އައިޖީއެމްއެޗްގެ އިމަރޖެންސީގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ދެމަފިރިން ނިދާ ކޮޓަރީގައެވެ. އަދި އަލިފާން ރޯވިއިރު ދެމަފިރިންވެސް ތިބީ ނިދާފައި ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި…