އެއާޕޯޓަށް ފައިސާ ގެންދިޔައީ ފުލުހުންގެ ސެކިއުރިޓީއާ ނުލާ: ފުލުހުން
މޫނު ނިވާކޮށްގެން ތިބި ބަޔަކު ފަތިހު އެއާޕޯޓުން ގިނަ އަދަދެއްގެ ޑޮލަރު ފޭރިގަތް ހާދިސާ ހިނގިއިރު، އެ ފައިސާ ގެންދިޔައީ ފުލުހުންގެ ސެކިއުރިޓީއާ ވެސް ނުލާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. އެއާޕޯޓުން ގިނަ އަދަދެއްގެ ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތީ މިއަދު ފަތިހު 4:45 އެހާކަންހާއިރެވެ. ފުލުހުން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭސްއެއް، މޫނު ނިވާކޮށްގެން ތިބި…








