ގޮނޑި ގެއްލޭ އިސްލާހު ފާސްކުރަން ހަވީރު ޖަލްސާއެއް
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީ ބަދަލުކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން މިއަދު ހަވީރު ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 5:30 ގަ އެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހުތައް ގާނޫނުއަސާސީގައި ހިމަނަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހުމުން މި ބިލު ބަލައިގަތުމަށް ފެންނަ ކަމަށް 69 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.…








