އަޑިއަށްދިޔަ ބޯޓުން ބައެއް ސާމާނު އޮޔާ ދާނެތީ ސަމާލުވާން އެދެފި
މާލެއިން ފުރައިގެން ލ.ހިތަދޫއަށް ދަތުރުކުރަމުންދަނިކޮށް ބޯޓަށް ކޮންޓްރޯލް ނުވާވަރަށް ދިޔަވެ، ކ.ރިވިވެލި ކަނޑުއޮޅި ކައިރިއަށް ޖުލައި 10ވަނަ ދުވަހު އަޑިއަށްދިޔަ "އޯޝަން އެކްސްޕްރެސް" ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާނެކަމަށް ލަފާކުރެވޭތީ، މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ. އަދި، ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އެމްއެންޑީއެފް އިން ވަނީ މައުލޫމާތުދެއްވާފައެވެ. ގިނަ އަދަދެއްގެ މުދަލާއެކު ދަތުރުކުރަމުން ދަނިކޮށް، ވ. އަތޮޅު ކައިރިން އޯޝަން…









