އެއްވެސް ހުކުމެއް ކުރަން ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ: ރައީސް
އެއްވެސް ހުކުމެއް ކުރަން ސަރުކާރުން ކޯޓުތަކަށް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ކޯޓުތަކަށް ނޯންނާނެ ކަމަށާއި އެގޮތުން އެއްވެސް ހުކުމެއް ކުރަން އަދި ނުކުރަން ވެސް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ. "ސަރުކާރުގެ އެއްވެސް ނުފޫޒެއް ނޯންނާނެ މިހާރަކު އެއްވެސް ހުކުމެއް ކުރާކަށް، ނުކުރާކަށް ވެސް. އަޅުގަނޑުމެން މި ދަންނަވަނީ އިންސާފުވެރިކޮށް…









