ބްރޯޑްކޮމް ގެ މެމްބަރުންނާއި ދެކޮޅަށް މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅައިފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފުންތަކެއް އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން ބައެއް މެމްބަރުންނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ. ޕެޓިޝަންގައި ސޮއިކުރި ބްރޯޑްކޮމްގެ މުވައްޒަފުންގެ އަދަދު 17 އަށް ވުރެ ގިނަ އެވެ. އެ ޕެޓިޝަން މަޖިލީހަށް ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ޕެޓިޝަންގައި މުވައްޒަފުން މައިގަނޑު 12 މައްސަލައެެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އިދާރީ ހިންގުމުގެ މަސްއޫލިއްޔަތަކަށް ކޮމިޝަނުގެ ރައީސްގެ…









