އީސީގެ އެސްޖީގެ މަގާމަށް އުނައިސް ހަމަހައްސައިފި
އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީޖެނެރަލްގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައިފިއެވެ. އެމަގާމަށް ހަމަޖައްސަވާފައިވަނީ އަބްދުﷲ އުނައިސްއެވެ. އުނައިސް އެމަގާމަށް ހަމަޖައްސަވާފައިވަނީ ސެކެޓްރީޖެނެރަލްގެ މަގާމްގައި ހުންނެވި ހަސަން ޒަކަރިއްޔާ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރެވުމާއި ގުޅިގެންނެވެ. އުނައިސްވަނީ 2015 ވަނަ އަހަރުން ފެށިގެން އިލެކްޝަންސް ކޮމިޝަންގެ އެކި މަގާމްތައް ފުރުއްވާފައެވެ. އޭނާ ސެކެޓްރީޖެނެރަލްގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އޭނާ ހުންނެވީ ކޮމިޝަނުގެ ޑިރެކްޓަރުގެ މަގާމުގައެވެ. އެސްޖީގެ މަގާމްގެ އިތުރުން އީސީން ވަނީ އެކޮމިޝަންގެ ޕްލޭނިން އެންޑް ރަޖިސްޓްރޭޝަން ޑިވިޝަންގެ ޑިރެކްޓަރަކަށް…









