ސީއެސްސީއަށް މެމްބަރަކު އައްޔަންކުރަން ތިން ނަމެއް މަޖިލީހަށް ފޮނުވައިފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް މެމްބަރަކު އައްޔަން ކުރުމަށް ތިން ނަމެއް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވައިފި އެވެ. ސީއެސްސީގެ ހުސް ވެފައިވާ މެމްބަރުކަމަށް މެމްބަރަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ތިން ނަމަކީ: އަބްދުލްހަސީބު އިސްމާއީލް - ދަފްތަރު. ނަމްބަރު ރސ 7505 ފާތިމަތު ހަބީބާ - ދަފްތަރު. ނަމްބަރު ރސ 9472 މަރިޔަމް ޝާހިދާ - މއ. ފޮރެސްޓް ސީއެސްސީގެ މެމްބަރެއްގެ މަގާމު ހުސްވީ ކޮމިޝަންގެ މެމްބަރަކަށް ހުންނެވި ފާތިމަތު އާމިރާގެ…









