އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ނަޘީމް އައްޔަންކޮށްފި
އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށް މއ. އެލީޒިއަމް އިބްރާހީމް ނަޘީމް މިއަދު އައްޔަނުކުރައްވައިފިއެވެ. ނަޒީމް މީގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރ ގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައެވެ. އާރުޑީސީގެ މެނޭޖިންގް ޑިރެކްޓަރު ކަމުގެ މަޤާމުގައި ހުންނެވި ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު އެ މަޤާމުން ވަކިކުރައްވާ އައްޔަންކުރެއްވީ އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރަކަށެވެ. ޕީ.ސީ.ބީން މި ބަދަލުގެންނަވާފައި މިވަނީ އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި މުޙައްމަދު މައުރޫފް…









