ކޮމިއުނިޓީ ބެސްޑް ޓޫރިޒަމާ ބެހޭ ސަރވޭއެއް ފަށައިފި
ދިވެހިރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ މުހިންމު އެއް ބަޔަކަށް ވެފައިވާ ކޮމިއުނިޓީ ބެސްޑް ޓޫރިޒަމް (ގެސްޓްހައުސް ޓޫރިޒަމް) އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމުގެ މަޤްޞަދުގައި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ދަނީ ފުޅާ ދާއިރާއެއްގައި ސަރވޭއެއް ފަށައިފިއެވެ. މި ސަރވޭގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ކޮމިއުނިޓީ ބެސްޑް ޓޫރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި، ސިޔާސަތުތައް އެކުލަވާލުން އިތުރަށް ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ މުހިންމު މައުލޫމާތު އެއްކުރުން ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ. …









