ވިނަރެސްގެ އެކްސެސް ޓެގް ދޫކުރަން ފަށައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ޓަވަރުތަކުގެ އެކްސެސް ޓެގް ދޫކުރަން ފަށައިފި އެވެ. ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ޓެގް ދޫކުރާނީ މިއަދާއި މާދަމާގެ ހެނދުނު 10:00 އިން ހަވީރު 6:00 އާ ދެމެދު، ވިނަރެސް 10 ގެ މެނޭޖްމަންޓް އޮފީހުން ކަމަށެވެ. ކީ ޓެގް ދޫކުރާނީ ހަމައެކަނި އެޕާޓްމަންޓްގެ ވެރިފަރާތަށް ނުވަތަ ކޯއެޕްލިކަންޓް އަށެވެ. ޓެގާއި ހަވާލުވާން ދުރުވާއިރު ވެރިފަރާތުގެ އައިޑީކާޑު ކޮޕީ، އަދި ކޯ އެޕްލިކެންޓް ދުރުވާނަމަ ދެބޭފުޅުންގެ އައިޑީކާޑުގެ…









