އޭރާއި މިހާރުވެސް ދިވެހި ރުއް ވަނީ ދިވެހިންނާއި ގުޅިފައި: ޑރ މާރިޔާ
އޭރުވެސް އަދި މިހާރުވެސް ދިވެހި ރުއް ވަނީ ދިވެހިންނާއި ގުޅިލާމެހިފައިކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ހުޅުމާލޭ ފޭސް 2 ގައި ބޭއްވި 60 ރުއް އިނދުމުގެ ހަފްލާގައި ދެއްކެވި ވާހަކަ ފުޅުގައެވެ. މި ރަސްމިއްޔާތުގައި ރުއް އާލާކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ ރުކަކީ ހަމައެކަނި ގަހެއް ނޫންކަމަށާއި، ރުކުގެ ކޮންމެ ބަޔަކީވެސް ވަކި ޚާއްޞަ ބޭނުންތަކަކަށް ބޭނުންކުރެވޭ ބައިތަކެއްއެކުލެވޭ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ މައިބަދަ…









