ފުރަތަމަ ފަހަރަށް ސީވީޑް އާލާކުރުމުގެ މަސައްކަތް ފަށައިފި
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މޫދުވިނަ (ސީވީޑް) އާލާކޮށް، އެތަކެތި ވިއްކުމަށް އެކްސްޕޯޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ފްލޯޓިން އޭކާސް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުންނެވެ. މަސްވެރިކަމާއި ކަނޑުތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މުހިންމު މަސައްކަތް ފެށިކަމަށްޓަކައި ފްލޯޓިން އޭކާސް ކުންފުންޏާއި އެ ޓީމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. މި މަސައްކަތަކީ ރާއްޖޭގެ އިގްތިސޯދު ފުޅާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.…









