ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިޔަކު ތަމްރީންކުރުމުގެ ޕްރޮގްރާމް ފަށައިފި
ރާއްޖޭގައި ފީނައިގެން އެންވެރިކަންކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިޔަކު، ރެސްކިޔު ޑައިވަރ ފެންވަރަށް ތަމްރީން ކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ. އިއްޔެ ގދ. މަޑަވެލީގައި ރެސްކިޔު ޑައިވަރ ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވަނީ، މަސްވެރިކަމަކީ ރައްކާތެރިކަމާއެކު ކުރިއަށްގެންދާ ކަމަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން މަސްވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަށާ މި މުހިންމު މަސައްކަތުގެ ސަބަބުން، މަސްވެރިކަމަށް އިތުރު ކުރިއެރުންތައް ލިބޭނެކަމަށް…