ޖަވާކާރާގައި މެރިން ރިސާޗް ސެންޓަރެއް ހުޅުވައިފި
ދިވެހިރާއްޖޭގެ ކަނޑުފަޅުގެ ދިރާސާތައް ކުރިއެރުވުމަށްޓަކައި ޖަވާކާރާ އައިލެންޑްސް މޯލްޑިވްސްގައި އަލަށް ގާއިމުކުރެވުނު މެރިން ރިސާޗް ސެންޓަރު ހުޅުވައިފިއެވެ. މި ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ. ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ފެސިލިޓީގެ ސަބަބުން ދިވެހިންނަށް ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ގުދުރަތީ ވެށި (އީކޯސިސްޓަމް) އަދި ކަނޑުފަޅު ރައްކާތެރިކުރުމާ ގުޅޭ ދިރާސާތައް ކުރުމުގެ ފުޅާ ފުރުސަތުތަކެއް ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ދިވެހި ކަނޑުގެ ދިރުންތަކާއި، ކަނޑުގެ ވަށައިގެންވާ މާހައުލާ…









