މަޖިލިސް އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ ހާއްސަ ކޮމާންޑަރުން ކަނޑައަޅައިފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ ހާއްސަ ކޮމާންޑަރުން ކަނޑައަޅައިފި އެވެ. ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަކީ ވެސް މުޅިން އާ އިންތިހާބެއް ކަމުގައި ދެކި، އިންތިހާބުގައި…