ޒަމާނީ ވަސީލަތްތައް އަގުބޮޑުވުމަކީ ދަނޑުވެރިންނަށް އޮތް ގޮންޖެހުމެއް: މިނިސްޓަރ މާރިޔާ
ދިވެހިރާއްޖޭގައި ދަނޑުވެރިކަން ޒަމާނީ އަދި ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދިއުމުގައި އައު އީޖާދުތަކާއި، ޓެކްނޮލޮޖީގެ އާލަތްތައް އަގުބޮޑުވުމަކީ ގޮންޖެހުމެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެންވިދާޅުވީ ފުޑް އެންޑް އެގްރިކަލްޗަރް އޯގަނިޒޭޝަން (އެފްއޯއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ 44 ވަނަ ސެޝަން އޮފް އެފް އޭއޯ ކޮންފަރެންސް ތެރެއިން ބޭއްވި ޕެނަލް ޑިސްކްޝަންގައި ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރުގެ ވާހަކަފުޅުގައި ރާއްޖެއަށް އެތެރެކުރަނީ އަހަރެމެން ބޭނުންކުރާ ކާބޯތަކެތީގެ 90 އިންސައްތަކަން ފާހަގަކުރެއްވިއެވެ.އަދި…









